ރިޟްވާން ހޯދައި މައިންބަފައިންނާ ހަމައަށް ގެނެސްދޭނަން-ޢުމަރު

image މިނިސްޓަރ ޢުމަރު ނަސީރު

ގެއްލިގެން ހޯދަމުންދާ ނޫސްވެރިޔާ ރިޟްވާން ހޯދުމަށްފަހު އޭނާގެ މައިންބަފައިނާ ހަމައަށް ގެނެސް ދެއްވާނެ ކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަސީރު މިރޭ ވިދާޅުވެއްޖެއެވެ.

ޝަހުމް އަތުލުމާ ގުޅިގެން ޓީވީއެމް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޢުމަރު ވިދާޅުވީ ރިޟްވާން ގެއްލުނު މައްސަލައާއި، ޖަލުން ޝަހުމުމެން ފިލި މައްސަލަ ވަރަށް ތަފާތު ކަމަށެވެ.

ރިޟްވާނަކީ ކުށްވެރިއެއްނޫން ކަމަށާއި، އަދި އޭނާއަކީ އެއްވެސް ގޭންގަކަށް ނިސްބަތްވާމީހެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ޝަހުމްއާއި ފަރީޔާޝްއަކީ ގޭންގުތަކަށް ނިސްބަތްވާ ނުރައްކާތެރި ދެ ކުށްވެރިން ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ގޭންގުތަކުން އެމީހުން ފިލުވުމަށް މަސައްކަތް ކުރި ކަމަށްވެސް ވިދާޅުވިއެވެ. "އިރާދަ ކުރެއްވިއްޔާ ރިޟްވާން ހޯދައި މައިންބަފައިންނާ ހަމައަށް ގެނެސްދޭނަން،" މިނިސްޓަރ ވިދާޅުވިއެވެ.

ރިޟްވާން ހޯދައި އޭނާގެ މައިންބަފައިންނާ ހަމައަށް ގެނެސް ދެއްވާނެ ކަމަށް ވިދާޅުވީ އޭނާ ދުނިޔޭގައި ހުރިކަމާއި ހުރިތަން އެނގިވަޑައިގެންފައިވާތީތޯ "ދުވަސް" އިން ދެންނެވުމުން މިނިސްޓަރ ވިދާޅުވީ އެފަދަ މަޢޫލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އެފަދަ މަޢުލޫމާތެއް ލިބިވަޑައިގެންފައި ނަވަނީސް އެހެން ވިދާޅުވި ސަބަބެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

މިނިސްޓަރ ޢުމަރު ވިދާޅުވީ ރިޟްވާން ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ފުލުހުންދަނީ މިހާރުވެސް ކުރައްވަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް