މިނިވަން 50 ޗެންޕިއަންޝިޕްގެ ޗެންޕިއަންކަން ފޭދޫ ހޯދައިފި

image

މިނިވަން 50 ޗެންޕިއަންޝިޕް ގެ ފައިނަލް މެޗުގެ ފަހުހާފުގެ ފަހުކޮޅު ފަރެސްމާތޮޑާ ކޮޅަށް ވައްދާލި ލަނޑާއެކު ބުރާރާތުގެ ޗެންޕިއަންކަން ސ. ފޭދޫ ޓީމް ހޯދައިފިއެވެ.

އެ ޓީމަށް އެލަނޑު ޖަހައިދީފައިވަނީ ޖަރޒީ ނަންބަރު 7 އިބްރާހީމް މަހުދީ ހުސައިނެވެ. އޭނާ އެލަނޑު ޖަހައިފައިވަނީ ފަރެސްމާތޮޑާގެ ޑިފެންޑަރުން އަތުން ބޯޅަ ނައްޓާލުމަށްފަހު ކީޕަރުގެ ފައިކައިރިން ގޯލަށް ވައްދައިގެންނެވެ.

ދެ ޓީމުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތައް ފަރެސްމާތޮޑާއަށްވެސް ލިބުނެވެ. އެހެންނަމަވެސް ނަސީބު ދެރަކަމުން ގޯލަށް ވައްދާލެވޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ސްކޯ ކުރާނެ ފުރުސަތުތަކެއް ލިބިވަނީ ބޭކާރުވެފައެވެ.

ފައިނަލް މެޗަށްފަހު ޗެންޕިއަން ޓީމާއި ރަނަރއަޕް ޓީމަށް ތައްޓާއި މެޑެލް ހަވާލު ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...