އެތައް ސަތޭކަ އަހަރު ކުރިން ވަޅުލި ފާދިރީ އަދިވެސް މަރުނުވާކަމަށް ބުދިސްޓުން ބުނެފި

image

މީގެ އެތައް އަހަރެއް ކުރިން ކުނި ނުވާގޮތަށް ކަންފުންކޮށްފައިވާ މޮންގޯލިއާ ފާދިރީއެއް މަރުނުވާކަމަށް ބުދިސްޓުން ބުނެފިއެވެ.

އެ ފާދިރީ ފެނިފައިވަނީ އޭނާ ވަގައްނަގައިގެން ވިއްކައިލަން އުޅެނިކޮށް ކަމަށް ބީބީސީން ބުނެއެވެ. ފާދިރީގެ މައްސަލަ މީހުންގެ ސަމާލުކަމަށް އައީ އޭނާ މަރުވެފައި އިން އިރުވެސް، ދެފައި ވަށްކޮށްގެން "ލޮޓަސް" ޕޮޒިޝަނުގައި އިށީދެގެން އިނުމުންނެވެ. 

ބުދިސްޓުންގެ އިސް ފާދިރީއަކު ބީބީސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ލޮޓަސް ޕޮޒިޝަނުގައި އިންނަ ފާދިރީން މަރު ނުވާނެކަމަށެވެ. އަދި އެގޮތުގައި އޭނާއް ދެމިހުރެވިއްޖެނަމަ އޭނާ ބުއްދާއަށް ވެވިދާނެކަމަށެވެ. ބުއްދާއަކީ ބުދު ދީނުނުގެ އެންމެ އިސް ފިލޯސަފަރެވެ. 

ފާދިރީ ވިއްކައިލުމަށް މަސައްކަތްކުރި ވަގު މިހާރު ވަނީ ހައްޔަރު ކޮށްފައިއެވެ. އަދި ފުލުހުން އަންނަނީ ފޮރެންސިކު ޓީމުތަކުގެ އެހީގައި ފާދިރީއާއި ގުޅޭ ތަހުލީލުތައް ކުރަމުންނެވެ. 

ފާދިރީ ކުނިނުވީ އޭނާ ފެނިފައިވަނީ ފިނި ސަރަހައްދަކުން ކަމަށް ބެލެވޭތީކަމަށް ސައިންސުވެރިން ދެކޭކަމަށް ބީބީސީން ބުނެއެވެ. 

މޯންގޯލިއާއިން ފެނުނު ފާދިރީގެ ޝަހުޝީ އެއްވެސް މައުލޫމާތެއް އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް އޭނާއަކީ 18 ވަނަ ގަރުނުގެ ފަހުކޮޅު ދިރިއުޅުނު، ފާދިރީއެއްކަމަށް ވާ އިޓިގިލޯވް ލާމާގެ މުދައްރިސެއްކަމަށް ބެލެވެއެވެ. 

އިޓިގިލޯވް ލާމާ މަރުވީ ސޯވިއެޓް ޔޫނިއަންގެ ބާރުގެ ދަށުގައި އޮތް ބުރިޔާތިޔާގައި 1972 ވަނަ އަހަރުއެވެ. އޭނާ މަރުވަމުން އޭނާ ވަޅުލާތާ 30 އަހަރު ފަހުން ނެގުމަށް އެދުނެވެ. މިހެންކަމުން އޭނާ 30 އަހަރު ފަހުން ނެގިއެވެ. ނެގި އިރު އޭނާ ވެސް ކުންޏެއް ނުވެއެވެ. އަދި އޭނާ ވެސް އިނީ "ލޮޓަސް" ޕިޒިޝަނުގައި ދެފައި ވައްކޮށްގެން އިށީދެލައިގެން ކަމަށް ބީބީސީން ބުނެއެވެ. އެހެން ނަމަވެސް އެ ދުވަސްވަރު ސޯވިއެޓު ހަނގުރާމަވެރިންގެ ބިރުވެރިކަން އޮތުމުން އޭނާ އަލުން ވަޅުލިއެވެ. އެއަށްފަހު އޭނާ 2002 ވަނަ އަހަރު އަނެއްކާވެސް ކޮނެގެން ނެގިއެވެ. އޭރުވެސް އޭނާ ކުންޏެއްނުވެއެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް ބުދިސްޓުން އޭނާއަށް މިހާރު އަޅުކަން ކުރާކަމަށް ވެސް ބީބީސީން ބުނެއެވެ. 

މަރުވުމަށްފަހު ކުނި ނުވާގޮތަށް ހަދާފައިވާ އެތައް ބައިވަރު ގަބުރެއް މިސްރުން ވެސް ފެނިފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް