އެންމެ ކަމުދާ ޒުވާން ޖޯޑަކީ، ވަރުން އާއި އާލިޔާގެ ޖޯޑު ކަމަށް ދައްކައިފި

image

އަލަށް ބޮލީވޫޑަށް ތައާރަފްވި ޒުވާން ތަރިންގެ ތެރެއިން އެންމެ ކަމުދާ ޖޯޑަކީ، ބޮލީ ވޫޑުގައި މިހާރު އެންމެ ގަދަޔަށް ވިދަމުން އަންނަ ވަރުން ދަވަން އާއި އާލިޔާ ބަޓްގެ ޖޯޑު ކަމަށް ބޮލީވޫޑު ނޫހަކުން ނެގި ޕޯލްއަކުން ދައްކައިފި އެވެ.

އަލަށް ބޮލީވޫޑަށް ތައާރަފްވި ޒުވާން ތަރިންގެ ތެރެއިން އެންމެ ކަމުދާ ޖޯޑަކީ، ބޮލީ ވޫޑުގައި މިހާރު އެންމެ ގަދަޔަށް ވިދަމުން އަންނަ ވަރުން ދަވަން އާއި އާލިޔާ ބަޓްގެ ޖޯޑު ކަމަށް ބޮލީވޫޑު ނޫހަކުން ނެގި ޕޯލްއަކުން ދައްކައިފި އެވެ.

އެ ޕޯލް ނަގާފައިވަނީ، ވަރުން ދަވަން އާ އެންމެ ގުޅޭ ބަތަލާ އަކީ، އާލިޔާ ބަޓް ތޯ ނުވަތަ އާޝިގީ ދޭކުން ބޮލީ ވޫޑަށް ތައާރަފްވި ޝްރަދާ ކަޕޫތޯ ބެލުމަށެވެ.

އެ ޕޯލްގައި ގިނަ ބަޔަކު ބައިވެރިވެގެން ވޯޓު ދީފައިވާއިރު، ވަރުންއާ އެންމެ ގުޅެނީ، އާލިޔާ ބަޓްކަމަށް، ވޯޓުގައި ބައިވެރިވި ފަސްދޮޅަށް އެއްޕަސެންޓް މީހުން ވަނީ ވޯޓު ދީފަ އެވެ. އަދި އެންމެ ގުޅޭ ޖޯޑަކީ ވަރުން އާއި ޝްރަދާ ކަމަށް ވޯޓު ދީފައިވަނީ، ތިރީސް ނުވަ ޕަސެންޓް މީހުންނެވެ.

ވަރުން އާއި އާލިޔާ ބަޓް ބޮލީވޫޑަށް ތައާރަފް ވެފައިވަނީ އެ ދެމީހުން އެކުގައި ކުޅުނު ސްޓޫޑެންޓް އޮފްދިއިޔަ އިން ނެވެ. އޭގެ ފަހުންވެސް އެ ދެމީހުން ވަނީ އިތުރު ފިލްމެއް ކުޅެފަ އެވެ. ބޮލީވޫޑުގެ ބައެއް ހަބަރުތައް ބުނާ ގޮތުގައި ވަރުން އާއި އާލިޔާ އަކީ މިހާރު ހަގީގީ ދެ ލޯބިވެރިންނެވެ.

ވަރުން އާއެކު ޝްރަދާ ކުޅެފައިވާ ފުރަތަމަ ފިލްމަކީ ރެމޯ ޑިސޫޒާގެ އޭބީސީ ދޭ ކެވެ. އެފިލްމު އަދި ރިލީޒް ވެފައެއްނުވެ އެވެ. ބޮލީވޫޑު ހަބަރުތައް ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނެފައިވަނީ ނެށުމުގެ ހަރަކާތްތަކުން ފުރިފައިވާ އެ ފިލްމު ބޮކްސް އޮފީހުން ރަނގަޅު މަގާމެއް ހޯދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...