ގައުމީ ޔުނިވާސިޓީގެ އެންމެ ބޮޑު ކެމްޕަހުގެ ބިންގާ ވިނަތަކުގެ ތެރޭގައި ފޮރުވިފައި

image ލ. ގަމުގައި މީގެ އެއްއަހަރު ދުވަސް ކުރިން ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް އެޅުމަށް އެޅި ބިންގާ

ރާއްޖޭގައި އަޅާ އެންމެ ބޮޑު ކެމްޕަސް، ލ. އަތޮޅުގައި އެޅުމަށް ބިންގާ އެޅުނީ 29 ސެޕްޓެމްބަރ 2013 ވަނަ ދުވަހުއެވެ.

ރާއްޖޭގައި އަޅާ އެންމެ ބޮޑު ކެމްޕަސް، ލ. އަތޮޅުގައި އެޅުމަށް ބިންގާ އެޅުނީ 29 ސެޕްޓެމްބަރ 2013 ވަނަ ދުވަހުއެވެ. ގައުމީ ޔުނިވަސިޓީގެ ގަމު ކެމްޕަސް ގެ ބިންގާ އެޅިފަހުން މިވަނީ އެއް އަހަރު ފުރިފައެވެ. ބިންގަލަށްެ އެއް އަހަރު ފުރުނުއިރު އެތަނުގެ ވިނަތަކަށް ވެސް އެއް އަހަރުވެއްޖެއެވެ.

އެހެންނަމަވެސް މިއަދާ ހަމައަށްވެސް ގަައުމީ ޔުނިވާސިޓީގެ ގަމު ކެމްޕަސް އިމާރާތް ކުރުމަށް އެއްވެސް އަމަލީ މަސައްކަތެއް ކުރެވިފައިނެތެއެވެ. ބިންގާ އެޅުމަށް މީގެ އެއް އަހަރު ދުވަސްކުރިން ސާފުކޮށް، ދޮންވެލިލާ ރީތިކޮށްފައިވާ ބިން މިހާރުވަނީ ވިނަވެފައެވެ.

ކެންޕަސް އެޅުމަށް ނިންމާފައިވާ ސަރަހައްދުގެ ވިނަތައް ބޯވެފައި އޮތް ނަމަވެސް، ކެމްޕަސް ގާއިމު ކުރެވޭނެކަމަށް ކުރި އުންމީދު، ފުހެވިގެން ނުދާކަމަށް ގަމު ރައްޔިތުން ބުނެއެވެ.

"ޔުނިވާރސިޓީގެ ޗާންސެލަރ ބިންގާ އެޅި ރަސްމިޔާތުގައި ދެއްކެވި ވާހަކައިން އެތަކެއް އުންމީދުތަކެއް ކުރެވުނު. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް މިފެންނަ މަންޒަރުތަކުން އުންމީދުތައް އޮޔާ ހިނގައްޖެ،" ގަމު ރައްޔިތެއް ބުންޏެވެ.

ބިންގާއެޅުއްވުމަށްފަހު ޔުނިވަސިޓީގެ ޗާންސެލަރު މުހައްމަދު ޑ.ރ ޒާހިރު ހުސެއިން ވިދާޅުވީ ގަމުގައި ގާއިމްކުރެވޭ ކެމްޕަސް ވަނީ މަތީ ތައުލީމްގެ ބޮޑު އިންގިލާބެއް ގެނެސްދޭނެ ތަނެއްކަމަށްށެވެ.  ކެމްޕަސް ގާއިމު ކުރުމަށް ނިންމާފައިވަނީ 45 ހެކްޓަރުގެ ބިމެއްގައިއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ ގޮތުން ރިސާޗްތައް ހަދާ ކެމްޕަހަކަށް ވުމާއެކު، ކެމްޕަސް ގާއިމު ކުރުމަށް ނިންމާފައިވަނީ، މޫދު ވެސް ހިމެނޭ ގޮތަށެވެ.

ގަމު ކެމްޕަސް އިމާރާތްކުރުމަށް ނިންމާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ފިޔަވަހީގައި ހިމެނޭނީ ކިޔަވައިދޭ އެއް ބްލޮކާއި ޓީޗަރުންނާއި ދަރިވަރުންގެ އެކަމޮޑޭޝަން ބްލޮކެއްކަމަށް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ. ބިންގާ އެޅި ދުވަހު އެ ޔުނިވާސިޓިން ހާމަކޮށްފައިވާގޮތުގައި 2014 ވަނަ އަހަރު ކެމްޕަހުގެ އަމަލީ މަސައްކަތް ފަށާނެއެވެ. އެ މަސައްކަތައް 20 މިލިޔަނެއްހާ ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ގަމު ކައުންސިލްގެ ރައީސް އަހުމަދު ސަލާހު ވިދާޅުވީ މިއަދާހަމައަށް ކެމްޕަސްގެ އެއްވެސް އަމަލީ މަސައްކަތެއް ގައުމީ ޔުނިވާސިޓީން ކޮށްފައި ނުވާކަމަށްށެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށިފައި ނުވާ ސަބަބު ރަސްމީކޮށް އަންގާފައި ނުވާކަމަށްށެވެ.

ގަމު ކައުންސިލާއި، ރައްޔަތުންގެ އުންމީދަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ކެމްޕަސް އަވަސް މުސްތަގުބަލެއްގައި ބިނާކުރެވި އެތަނުންގެ ހިދުމަތްް ހައްދުންމަތީގެ ރައްޔިތުންނަށް ލިބުމެވެ. އެ މަސައްކަތް ކުރުމުގައި ވެވެންއޮތް ގޮތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެރަށު ކައުންސިލުންނާ ރައްޔިތުން ތިބީ ތައްޔާރަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

ސުހޭލް
Thumbs Up Thumbs Down
0
avatar
ޔުނުިވަރސިޓީގެ މިހާރުގެ ބަހެއް ނެތީމާ ފުރިހަމައެއް ނުވޭ. ރިޕޯޓުގެ ސިފައެއްވެސް ނެތް. ކަމަކު ނުދޭ
30 ސެޕްޓެމްބަރ 2014 14:02
total : 1 | displaying : 1 - 1
advertisement
ޓެގްސް